2021 ވަނަ އަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ނިލަންދޫގައި ފާހަގަކޮށްފި.

ގއ. ނިލަންދޫގައި ޒުވާނުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ރަށުގެ މުއައްސަސާތަކާއި،، ގާފުއަލިފުގެ ނެއިބަރހުޑު ޕޮލިސް ގުޅިގެން ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހިންގުނުހަރަކާތްތައް 2 ދުވަހުގެ މުއްދަތަށް ދެމިގެންދިޔައެވެ.
މިގޮތުން ހިންގުނު ހަރަކާތްތަކުގެ ތެރޭގައި ރަށުގެ ދެކޮޅު ބީޗް ޞަރަޙައްދު ސާފުކުރުމާއި، އެދުވަހުގެ ހަވީރު 5 ކިލޯމީޓަރގެ ދުވުމަކާއި، އެކުވެރިކަމުގެ ފުޓުބޯޅާމެޗެށް ކުޅެވުނެވެ. އަދި މިދުވަހާއި ގުޅިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ގއ. ނިލަންދޫ ޕޮލިސް ޑެސްކާއި ގުޅިގެން ގއ. ދާންދޫ އަންހެނުންގެ ވޮލީޓީމާއި، ގއ. ނިލަންދޫ އަންހެނުންގެ ވޮލީޓީމާއި އެކު އެކުވެރި ކަމުގެ ވޮލީމެޗެއް ކުޅެވުނެވެ.

Leave a Reply

Your email address will not be published. Required fields are marked *